ކޭއާރުއެޗްގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު ސިފައިންގެ އެހީތެރިކަމާއެކު މާލެ ގެނެސްފި
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު މިއަދު މާލެ ގެނެސްފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު މިއަދު މާލެ ގެނެސްދީފައިވާ ކަމަށެވެ. ހާލުބޮޑުވެގެން މާލެ ގެނައީ ފިރިހެނެއް ކަމަށާއި އޭނާ މާލެ ގެނައީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. އެ މީހާ މާލެ ގެނެސްފައި ވަނީ މިއަދު 08:40 ހާއިރު ކަމަށް […]