ހދ. އަތޮޅު ސްޓޭޓް ހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ގޮތުގައި ހދ އަތޮޅު ސްޓޭޓް ހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައި މިވަނީ ފުރަތަމަ ފަހަރު ކުރެވުނު އިޢުލާން ބާޠިލް ކުރުމަށްފަހު އެވެ.
އަލުން ހދ. އަތޮޅު ސްޓޭޓް ހައުސް މަރާމާތު ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ އިރު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް https://www.haadhaal.gov.mv/bid-register ލިންކުން ރަޖިސްޓްރީވުމަށް ވަނީ އެދިފަ އެވެ.
މި ބީލަމުގައި ރެޖިސްޓްރީވުން މާދަމާ އިން ފެށިގެން އޮކްޓޯބަރ 2 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ. އަދި ބީލަމުގެ މައުލޫމާތު ދިނުމަށް ނިންމާފައިވަނީ 29 ސެޕްޓެމްބަރ ވާ ބްރާސްފަތި ދުވަހުގެ މެންދުރު 11 ޖަހާއިރު ހދ އަތޮޅު ކައުންސިލުގެ މީޓިންގ ރޫމުގަ އެވެ.
ހދ އަތޮޅު ކައުންސިލުން ބުނީ ބީލަން ހުޅުވުން އޮންނާނީ އޮކްޓޯބަރ 12 ވަނަ ދުވަހު މެންދުރު 11 ޖަހާއިރު، ހދ އަތޮޅު ކައުންސިލުގެ މީޓިންގ ރޫމުގައިކަމަށެވެ.
ބީލަމުގައި ރަޖިސްޓަރ ވުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބޭނެ ކަމަށާއި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ބީލަން ހުޅުވާލެވިފައި މިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!