މެންބަރު ޝަރީފަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި
ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އަށް ހަމަލާދިންކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 4 ދިވެހިން ކަމަށާއި އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުން ތިން ފިރިހެނުން ކަމަށެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެމީހުންނަށް ވަނީ 60 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، 24 އަހަރުގެ އެކަކގެ ބަންދަށް 30 […]