މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އެމްއެމްއޭ އާއި ބޭންކުތަކުން ހިދުމަތް ލިބޭނެ ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވީ ބޭންކުތަކުންނާއި އެ އިދާރާ އިން ފައިސާ ބަލައިގަނެ، ދޫކުރުމުގެ ހިދުމަތް މިއަދު ހެނދުނު 08:30 އިން މެންދުރު 2 ޖެހުމާއި ހަމައަށް އެޕޮއިންޓްމަންޓް އުސޫލުން ލިބޭނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ސިޓީ އާއި ތަކެތި ބަލައިގަތުގެ ހިދުމަތް ވެސް ހަމަ މިވަގުތުގައި ލިބޭނެ ކަމަށް ވިދާޅުވެއެވެ.

އެމްއެމްއޭ އިން މިހެން ވިދާޅުވެފައިވާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ވެސް ވިދާޅުވެފައިވަނީ ސަރުކާތު ބަންދުނަމަވެސް އެ އިދާރާގެ ވިސާގެ ހިދުމަތާއި ޕާސްޕޯޓުގެ ހިިދުމަތް މިއަދު ލިބޭނެ ކަމަށެވެ.

އެގޮތުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ހެނދުނު 08:30 ން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެ ކަމަށާއި މި ހިދުމަތްތަކަށް ކިޔުބީ މެދުވެރިކޮށް ނަންބަރު ނެގޭނެ ކަމަށް ވެސް ވިދާޅުވެއެވެ. އަދި ވިސާގެ ހިދުމަތް ހެނދުނު 9 އިން މެންދުރު 2 ޖެހުމާއި ހަމައަށް ދެމުންގެންދާނެ ކަމަށް ވެސް ވިދާޅުވެއެވެ.

މިއަދަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހަމަޖައްސަވާފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހާ މަސައްކަތްތައް އަދި ނުނިމޭތީއެވެ. އަދި މިއަދަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވެސް އެދިވަޑައިގެންފައިވާތީއެވެ.