ވާދޫ ވޯޓުފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް
ގދ. ވާދޫ ވޯޓުފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް ޖަހައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ވާދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި ކަމަށާއި އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށެވެ. އޭނާގެ ބަންދަށް 60 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ރުޅިއައިސްފައިވަނީ އައިޑީކާޑު ނެތުމުގެ ސަބަބުން ވޯޓު ނުލެވިގެން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެރަށުގައި ބަހައްޓާފައި ހުރި […]