ކުރީގެ ދެ ބަންޑާރަނައިބެއް ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފި
ވެރިކަން ކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑިޕީ)ގެ ރިޔާސީ ޕްރައިމަރީގައި، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސައީދާއި ޑރ. މުހައްމަދު މުނައްވަރު ނިންމަވައި، ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފިއެވެ. މި ދެ ބޭފުޅުން ނަޝީދުގެ ކެމްޕޭނާއި ގުޅިވަޑައިގެންފައިވާއިރު، ނަޝީދު އައްޑޫ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ނަޝީދު ގެ އަރިހުގައި އެ ދެ ބޭފުޅުން މިހާރު ދަނީ ބައިވެރިވެވަޑައިގަނ...