ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވްކޮށް ދައްކަން ނިންމައިފި އެވެ.

ރ. ފުއްގިރި މައްސަލަ އާއި ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ލައިވް ނުކުރާތީ ޔާމީންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކްރިމިނަލް ކޯޓުން މިއަދު ބުނީ އާރަށް މައްސަލާގައި މާދަމާ ބާއްވާ އަޑުއެހުން ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށް ދައްކާނެ ކަމަށެވެ.

Ad
rt

ފުއްގިރި މައްސަލާގައި ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އާރަށް މައްސަލާގައި ޔާމީނަށް ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

މިއިން އެއްވެސް ދައުވާ ސާބިތުވިޔަސް، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެ އެވެ.

މީގެކުރިން ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލާގެ ޝަރީއަތް ލައިވްކުރި އެވެ. ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކޮށް، އެމަނިކުފާނު ވަނީ މިނިވަންކޮށްފަ އެވެ