ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް އާތިރު މުޚުތާރު، ކުޅުފުއްފުށި ސިޓީއަށް ޒިޔާރަތް ކުރައްވައި ކުޅުފުއްފުށި ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.

ޕާކިސްތާނުގެ ސަފީރު މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރެއްވުމުން އެ މަނިކުފާނަށް ކުޅުދުއްފުށީ އެއާޕޯޓުން މަރުހަބާ ވިދާޅުވީ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލް މެމްބަރުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލެވެ.

Ad
rt

ޕާކިސްތާނު ސަފީރުގެ މިދަތުރުފުޅުގައި މިއަދުވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ ސީނިއަރ ފަރާތްތަކާވެސް ބައްދަލު ކުރައްވާފައެވެ.

ދެ ދުވަހުގެ މިދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެމަނިކުފާނު ފުރާ ވަޑައިގަންނަވާނީ މާދަމާ ހެނދުނު އެވެ.

މިދިޔަ އަހަރުވެސް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރވެސް ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރައްވާފައެވެ.