ދުބާއީ އެކްސްޕޯގައި އިއުލާންކުރި ރަށްތަކުގެ ތެރެއިން ހަތް ރަށެއްގައި ރިސޯޓް ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީން ހަވާލުކޮށްފިއެވެ.
އެގޮތަށް ނިންމީ ލިބުނު ބިޑުތައް އިވެލުއޭޓުކުރުމަށް ފަހުއެވެ. އެގޮތުން، 18 ރަށުގެ ތެރެއިން ނުވަ ރަށަކަށް 18 ބީލަން ލިބުނެވެ.
ޓޫރިޒަމް މިނިސްޓްރީން އެވޯޑު ކުރި ރަށްތައް :
- ހއ. އަލިދުއްފަރުފިނޮޅު - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 390،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 7،000.00 ޑޮލަރު
- މ. ސީދީހުރާ (މ. ސީދީހުރާ ވެލިގަނޑާ އެކު) - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 1,599,999.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 120،000.00 ޑޮލަރު
- ފ. އެނބުލުފުށި - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 3،601،155.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު
- ފ. ޖިންނަތުގައު - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2,021,121.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 200،121.00 ޑޮލަރު
- ގއ. ފުނަދޫވިލިގިއްލާ - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 702،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 5،000.00 އެމެރިކާ ޑޮލަރަށް
- ގދ. ކަނޑަހަލަގަލާ - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2،800،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު
- ގދ. ފެރޭތަވިލިގިއްލާ (ގދ. ދެކާނބަ، ގދ. ކޮޑެރެޓާ އަދި އެހެން ރަށަކާ އެއް ކްލަސްޓާއެއްގެ ގޮތަށް) - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 702،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 5،000.00 ޑޮލަރު
ބިޑު ލިބުނު ރަށްތަކުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީން ހަވާލުނުކުރަނީ ހއ. މެދަފުއްޓާއި ތ. އަތޮޅުން ބިޑު ލިބުނު ރަށްތަކެވެެ.
މި ރިސޯޓުތައް ހަދަން ރަށްތައް ކުއްޔަށް ދީގެން ސަރުކާރަށް އިކުއިޒިޝަން ކޯސްޓުގެ ގޮތުގައު 182.4 މިލިއަން ރުފިޔާ އަދު ޓޫރިޒަމް ޓްރެއިނިން ފަންޑަށް 9.8 މިލިއަން ރުފިޔާ ލިބޭނެއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ބީލަން އެވޯޑު ކުރި ފަރާތްތަކުގެ ތެރެއިން އެކުއިޒިޝަން ކޮސްޓާއި ޓްރެއިނިން ފަންޑުގެ ދެބައިކުޅަ އެއްބައި ދެއްކުމުން އީއައިއޭ ހަދަން 60 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ހަވާލު ކުރީ ކޮން ބަޔަކާ ކަމެއް ބުނެފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!