އުރީދޫގެ މިއަހަރުގެ މަސް ރޭސް އިއްޔެ ފަށާފައިވާއިރު އެ ބުރު ކާމިޔާބުކޮށް ގޯޅިއަންސްގެ ޓީމު ފައިނަލުގައި ޖާގަ ކަށަވަރު ކޮށްފިއެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ އެ މުބާރާތް ފެށީ އިއްޔެއެވެ. ފުރަތަމަ ބުރުގައު ހަ ޓީމެއް ބައިވެރިވިއެވެ. އެއީ އާރުޑީސީގެ ޓީމާއި ބޯއި ޓީމާއި ސިފްކޯގެ ޓީމާއި އެގްރޯނެޓްގެ ޓީމާއި ޕޯސްޓް އޮފީހުގެ ޓީމާއި ގޯޅިއަންސް ޓީމެވެެ.
އިއްޔެގެ ރޭހުގައި އެންމެ ބޮޑު މަސް ބޭނީ އާރުޑީސީ ޓީމުގެ ޔާސިރެވެ. އަދި އެންމެ ގިނައިން މަސް ބޭނީ ބޯއި ޓީމުގެ އިބްރާހިމް ރަޝީދެވެ.
މި އަހަރުގެ މުބާރާތުގައި 23 ޓީމަކުން ވާދަ ކުރެއެވެ.
އެ މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. ލިބޭނެއެވެ. އަދި އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބޭ އިރު އެންމެ ބަރު މަސް ބާނާ މީހަކަށް 5،000ރ. ގެ އިނާމެއް ލިބޭނެއެވެ. މީގެ އިތުރުންވެސް ސްޕޮންސަރުންގެ ފަރާތުން ގިނަ އިނާމްތަކެއް ވަނީ ހުށަހަޅައިފައެވެ.
އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ ފޯރިގަދަ މުބާރާތެކެވެ. އެ މުބާރާތަށް ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބެއެވެ.
މިއަހަރުގެ މުބާރާތް ބާއްވަނީ ކޯވިޑާ ގުޅިގެން އެ މުބާރާތް ނުބާއްވާތާ ދެ އަހަރު ފަހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!