ހއ. އިހަވަންދޫއާއެކު ތިން ރަށެއްގެ ހޮސްޕިޓަލުގެ އާ އިމާރާތް ހަދާނެ ބަޔަކު ހޯދަން ހެލްތު މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީ އިއުލާން ކުރީ އިހަވަންދޫގެ އިތުރުން ނ. ކެނދިކުޅުދޫ އާއި ޅ. ހިންނަވަރު ހޮސްޕިޓަލުގެ މަސައްކަތެވެ. މި މަސައްކަތް ހެލްތު މިނިސްޓްރީން ހަވާލު ކުރާނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.

Ad
rt

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ތިން ހޮސްޕިޓަލުގެ މަސައްކަތަށް އެދި ބިޑް ސެކިއުރިޓީގެ ގޮތުގައި 690،000ރ. ހުށަހަޅަން ޖެހޭނެއެވެ. އަދި ބީލަމުގައި ބައިވެރިވާން  1500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ.

މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 30 ޖަނަވަރީ 2022 އިން ފެށިގެން ސޮފްޓްކޮޕީ ފޯމެޓުގައި ހެލްތު މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި ޕްރޮޖެކްޓްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ފެބުރުވަރީ ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، އީމެއިލް މެދުވެރިކޮށް ސުވާލުތައް ހުށަހެޅުމަަށް އެ މިނިސްޓްރީން އެދެއެވެ.

ބީލަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 24އެވެ.