ރ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކޮއްޓަފަރު ރިސޯޓުން ވަގަށް ނެގި އޭސީތަކެއްގެ ތެރެއިން ބައެއް އޭސީ ރ. މަޑުއްވަރީ ދެ ގެއެއްގައި އަޅުވާފައި ހުއްޓާ ފުލުހުން ހޯދައިފިއެވެ
“ރ. މަޑުއްވަރީ ދެ ގެއެއްގައި ދެ އޭސީ ހަރުކޮށްފައިވާކަމަށް އަދި ދެ ގެއެއްގައި ދެ އޭސީ ބަހައްޓާފައިހުރިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ހަތަރު ގެ ބަލާ ފާސްކޮށް ހަތަރު އޭސީ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފަ”
ފުލުހުން މީދިޔާއަށް މަޢުލޫމާތުދެއްވަމުން ބުނެފައިވެއެވެ.

އެ މައުލޫމާތާ ގުޅިގެން މަޑުއްވަރީ ފުލުހުންނާއި މީދޫ ފުލުހުން އަދި އިންޓެލިޖެންސް ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ހަތަރު ގެ ބަލައިފާސްކޮށް، ހަތަރު އޭސީ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރު ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް އަދި 27 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!