ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ (ޔޫ.އީ.އެފް.އޭ) ގެ އެހީތެރިކަމާއިއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމް ކޮށް ހަމައެކަނި އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން މާލޭގައި ބޭސިކް ފުޓްބޯލް ކޯޗިން ކޯހެއް އިއްޔެ ފަށައިފިއެވެެ.
އެއްވެސް ފީއަކާއި ނުލާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މިކޯހުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ އޭ.އެފް.ސީ،ޔޫ.އީ.އެފް.އޭ އަދި ފީފާ ގެ ތަޖުރިބާކާރު އިންސްޓްރަކްޓަރ އަދި ނެދަލެންޑްސްގެ ކުރީގެ ކުޅުންތެރިއާ މިސް ހެސްޓަރިން ޑި ރޫސްއެވެ.
ޖުމްލަ 24 ބައިވެރިންނާއިއެކު އިއްޔެ ފެށި މިކޯސް މިމަހުގެ 16 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!