ޗައިނާއާ ދެކޮޅަށް މިރޭ 8:00 ގައި ފަށާ މެޗުގައި އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރަތަމަ 11 އިން ފުރުސަތު ދީފި އެވެ.
ފުރަތަމަ އެގާރައިގައި ހިމެނިފައިވަނީ ކެޕްޓަން އަކްރަމް، ނޫމާން، ށިފާއު، އިޝަމް، ހަމްޒާ، ނައިމް، މަހުދީ، ހައިޝަމް، ނިހާން ގެ އިތުރުން ގޯލްކީޕަރ ފައިސަލް އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޓީމާ ގުޅުނު އަލީ އަޝްފާގް (ދަގަނޑޭ) އެންމެ ފަހުން މެޗެއް ކުޅެފައި ވަނީ 2017 ވަނަ އަހަރު ނޮވެމްބަރު މަހު އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފަލަސްތީން އާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގަ އެވެ. ބުޓާން އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޭނާ ސްކޮޑުން ބާކީ ކުރީ އެ މެޗުގެ ކުރިން ބާއްވަން އޮތް ޕްރެސްއަށް ހާޒިރު ނުވުމުންނެވެ. ގާތްގަނޑަކަށް 2 އަހަރު ފަހުން އަޝްފާގް އަށް އަލުން ފުރުސަތު ދީފައިވާއިރު އޭނާ އަށް ޕްރެކްޓިސް ކުރެވުނީ އެންމެ ދެ ދުވަހު އެވެ.
މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓްގެ ވާހަކަތައް ހުރީ އަސްފާގު ޓީމުގެ ފުރަތަމަ އެގާރައިގާ ހިމެނިދާނެކަމަށް ސުވާލު އުފެދޭ މޭރުމަކުންނެވެ.
ވޭތުވެދިޔަ 10 ވަރަކަށް އަހަރު ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަކީ އަދި ދިވެހިންގެ ހިތުން އެންމެ ބޮޑު ލޯތްބެއް ހާސިލްކޮށްފައިވަނީ އަލީ އަސްފާގުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!