ފޯނޭޝަންސް ޓޯނަމެންޓްގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމް ކުޅުނު ތިންވަނަ މެޗްއިންވެސް ބަލިވެއްޖެއެވެ. މި މުބާރާތުގައި ރާއްޖެ ކުޅުނު ފަހުމެޗްގައި ބައްދަލްކުރީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޤަތަރާއެވެ. މިމެޗްއިން ރާއްޖެ ބަލިވީ 8-0 ގެ ނަތީޖާއަކުންނެވެ.

މިމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވީ ޖޯޑަން، އިންޑޮނޭޝިއާ އަދި ޤަތަރުގެ 16 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމްތަކެވެ. މިމުބާރާތުގައި ރާއްޖެ ކުޅުނު ތިންމެޗްއިންވެސް ވަނީ ބަލިވެފައެވެ.
އެގޮތުން ރާއްޖެ ކުޅުނު ފުރަތަމަ މެޗް ޖޯޑަން އަތުން ބަލިވީ 9-0 އިންނެވެ. އަދި ދެވަނަ މެޗްގައި އިންޑޮނޭޝިއާ އާއި ބައްދަލުކޮށް ބަލިވީ 4-0 އިންނެވެ. ރާއްޖެ ކުޅުނު ފަހުމެޗްއިން ޤަތަރުއަތުން ބަލިވީ 8-0 އިންނެވެ.

Ad
rt

މިސަރަހައްދުގެ ޤައުމުތަކާ އަޅާބަލާއިރު މިމުބާރާތުގައި ރާއްޖެ ބައްދަލުކުރި ތިން ޤައުމަކީވެސް ނިސްބަތުން ފެންވަރު ރަނގަޅު ޤައުމުތަކެއްކަން ފާހަގަކޮށްލެވެއެވެ.

ފޯނޭޝަންސް ޓޯނަމެންޓް ނިންމާލުމަށްފަހު ދިވެހި ޓީމް އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ.