ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި 9،649 މީހުންގެ ތެރެއިން 8،188 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

މިރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކުރެއްވި މަޢުލޫމާތަށް ބަލާއިރު މިއަދު ރާއްޖެއިން 81 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްފައެވެ. އަދި މިއަދު ވަނީ 111 މީހުން ބަލިން ރަނގަޅުވެފައެވެ.

Ad
rt

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ނެގި 1408 ސާމްޕަލްގެ ތެރެއިން 81 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން 58 މީހުންނަކީ ދިވެހިން ކަމަށާއި ބޭރު މީހުންގެ އަދަދަކީ 23 ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި ޕޮޒިޓިވްވި 81 މީހުންގެ ތެރެއިން 70 މީހުން ތިބީ މާލެ ސަރަހައްދުގަ އެވެ. ބާކީ 11 މީހުން ތިބީ ރަށް ރަށުގަ އެވެ.

މިދިޔަ އޯގަސްޓް މަހުން ފެށިގެން ކޯވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވުމާއި ގުޅިގެން މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އަށް ވެހިކަލް ދުއްވުން މަނާކޮށް ރޭގަނޑު 10:00 އިން ފެށިގެން 5:00 އަށް ކާފިއުއެއް އިއުލާންކޮށްފައި ވެއެވެ. އަދި ފިހާރަތަކާއި ކެފޭ / ހޮޓާ، ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހޭ ގަޑިތަކަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ.