ކުރީގެ ނޯރމަލް ދިރިއުޅުމަށް އަނބުރާ ދެވޭނެތޯ ބެލުމަށާއި، ވައިރަސްއާއި އެކު ދިރިއުޅެން ދަސްކުރުމުގެ ބޭނުމަށް ޖަރުމަނުގެ ލީޕްޒިގްގައި ބަޔަކު އިންޑޯ ކޮންސަރޓެއް ބާއްވައި، އެތައްބަޔަކު އެތަނަށް ޖަމާވެއްޖެއެވެ.

މި އެއްވުމަކީ ޖަރމުނުގައި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް ސައިންސް ދިރާސާއެއްގެ ގޮތުގައި ޝޯއެއް ބޭއްވުމުގެ ފުރުސަތު ދިނުމުން ބޭއްވި އެއްވުމެކެވެ. މި ގޮތުން ބޭއްވުނު ޝޯގައި އަނދިރީގައި ދިއްލޭ (ގްލޯއިންދަޑާރކް) ހޭންޑް ސެނިޓައިޒަރ އަދި އިލެކްޓްރޯނިކް ޓްރެކަރ ވަނި ބޭނުންކޮށްފައެވެ.

Ad
rt

ޖަރުމަނުގައި މި ދިރާސާ ހިންގި ފަރާތްތަކުން ބުނެފައި ވަނީ މި ދިރާސާގައި 1500 މީހުން ބައިވެރިވި ކަމަށެވެ. މިއީ މީހުން ތޮއްޖެހޭ އިވެންޓުތަކުގައި ބަލިފެތުރޭގޮތް ދެނެގަތުމަށް ހެދި ދިރާސާއެކެވެ.

މި ކޮންސަރޓުގައި ޓީމް ބެންޑްޒްކޯ ވަނީ ލައިވްކޮށް މިއުޒިކް ކުޅެދީފައެވެ. ޝޯގެބައިވެރިން ތިބީ ރެސްޕިރޭޓޮރީ ފޭސްމާސްކް އަޅައިގެން، ފްލޮރެސެންޓް ސެނިޓައިޒަރ އުނގުޅައިގެން، މީހުންނާއި ކޮންޓެކްޓްވާ ދުރުމިނާއި އަދަދު ދެނެގަނެވޭ ޓްރެކަރއެއް ހިފައިގެންނެވެ.

މިޓްރެކަރގައިވާ މަައުލޫމާތުގެ މައްޗަށް ބިނާކޮށް ޔުނިވަރސިޓީއޮފް ހޯލްއިން "ކްރިޓިކަލް ކޮންޓެކްޓްސް" މޮނީޓަރ ކުރާނެއެވެ. އަދި ފޮލޮރިސެންޓް ސެނިޓައިޒަރގެ އެހީގައި މީހުން އެންމެގިނައިން އަތްލާފައިވާ ތަންތަން ދެނެގަނެވޭނެއެވެ. މީގެއިތުރުން މި ދިރާސާ އެމީހުން އިތުރު ތަންތަނުގައިވެސް ކުރިއަށް ގެންދާނެކަމަސް ވަނީ ބުނެފައެވެ. އޭގެތެރޭގައި ކުޅިވަރުކުޅޭ ތަންތަނާއި އެއްވުންތައް ބާއްވާ ތަންތަން ހިމެނެއެވެ.

ހޯލް ޔުނިވަރސިޓީގެ މެޑިކަލް ފެކަލްޓީގެ ޑީން ބުނެފައިވަނީ ދިރާސާގެ މައިގަނޑުމަގްސަދަކީ ކުރިއަށްއޮތް ދުވަސްތަކުގައި ބޭއްވޭ މިފަދަ އެއްވުންތަކުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅު ކަމާއިބެހޭ ފަރާތްތަކަށް އަންގައިދިނުމެވެ. އޭނާ ބުނެފައިވަނީ އިތުރު ލޮކްޑައުންއަކަށް ނުގޮސް މިވައިރަސްއާއި އެކު އުޅެން ދަސްކުރަންވެއްޖެ ކަމަށެވެ.