ރަނގަޅަށް އުޅޭމީހުންނަށް މުސީބާތް ކުރިމަތިވަނީ ކީއްވެތޯއާއި އަދި ގޯސްކޮށްއުޅޭ މީހުންނަށް ރަނގަޅުގޮތް މެދުވެރިވަނީ ކީއްވެތޯ މިއީ ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ.
އޭނާ އަކީ މާތްﷲ އެންގެވިމަގަށް އުޅޭ މީހެއް ނޫން ނަމަވެސް އޭނާ މާމުއްސަންދީ ކީއްވެތޯއާއި، އަދި ވިޔާނުދާކޮށް އުޅޭ މީހުން ދިރިއުޅުން އުފާވެރިކަމާއި މެދު ވެސް ބައެއް މީހުންގެ ހިތުގައި ސުވާލު އުފަށްދައެވެ. މިއީ އިންސާނުންގެ ހިތުގައި މަދުން ނަމަވެސް އުފެދޭ ބައެއް ސުވާލުތަކެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވަނީ ރަނގަޅަށް އުޅޭމީހުންނަށް ނުރަނގަޅު ގޮތްތައް މެދުވެރި ވަނީ ކީއްވެގެންތޯ ސުވާލު ނުއުފެއްދުމަށެވެ.
ކޮންމެ އިންސާނަކީ ވެސް އިމްތިހާން ކުރެވޭނެ މީހެއްކަމަށް މާތްﷲ ވަހީ ކުރައްވާފައި ކަމަށާއި، އިންސާނުުންނާއި އިމްތިހާން ތަކާއި ކުރިމަތީ ލާން ޖެހެނީ އަދި ރަނގަޅަށް އުޅޭމީހުންނަށް މުސީބާތް ކުރިމަތިވަނީ މިއީ މާތްﷲގެ އިމްތިހާންކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. އަދި މިފަދަ އިމްތިހާން ތަކަކީ މާތް ރަސްކަލާންގެއާއި އެމީިހަކާއި އެންމެ ބޮޑަށް ގާތްކޮށްދޭ އެއް ސަބަބު ކަމަށް ވެސް ވިދާޅުވިއެވެ.
މުސީބާތުގެ ވަގުތަކީ ފަސޭހަ ވަގުތެއް ނޫން ކަމަށާއި، ލޯބިވާ މީހެއް ގެއްލުން، އަތްމަތި ދަތިވުން، ނުވަތަ ވަޒީފާ އެއް ގެއްލުން ފަދަ ކަންކަން މިއީ އިންސާނުންނަށް މާޔޫސްކަން ގެނުވާ ހިތްދަތިވާ ބައެއް ކަންކަން ކަމަށް މުފްތީ ވިދާޅުވިއެވެ.
އެހެން ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން މާތްﷲގެ ރަހުމަތް ހަނދާން ނައްތާނުލުމަށް މުފްތީ ނަސޭހަތްތެރިވެ ވަޑައިގަތެވެ. ކޮންމެކަމެއްވެސް އެއީ އިމްތިހާނެއްކަން ދަތުމަށާއި އަދި އިމްތިހާންތަކުގެ ސަބަބުން އިންސާނާ މާތް ރަސްކަލާންގެއާ ގާތްކޮށްދޭކަން ހަނދުމަކޮށް ކެތްތެރިވުމަށް ވެސް މުފްތީ މެކް ނަސޭހަތްތެރިވެ ވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!