އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގެ ރައީސް އިބްރާހިމް ބޫބަކުރު ކެއިތާ އިސްތިއުފާ ދީފި އެވެ.

ރައީސްކަމުން އިސްތިއުފާ ދީފައިވަނީ މާލީގައި ސިފައިން ނުކުމެ ބަޣާވާތްކޮށް އެގައުމުގެ ރައީސް އިބްރާހިމް ބޫބަކުރު ކެއިތާ އާއި ބޮޑުވަޒީރު ސޮއުމޭލޯ ބޮބޭޔާ ހައްޔަރުކޮށް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނިކޮންނެވެ.

Ad
rt

އެގައުމުގެ ޓީވީ މެދުވެރިކޮން ދެއްވި ހިތާބެއްގައި އިސްތިއުފާދެއްވިކަންވަނީ އިޢުލާން ކުރައްވާފައެވެ. އެހިތާބުގައި ބުނެފައިވަނީ ރައީސްކަމުން އިސްތިއުފާދިންނުން ނޫންގޮތެއް ނެތްކަމަށާއި އިސްތިއުފާ ދީފައިވަނީ ލޭއޮހޮރުމަކަށް ދިއުމަށް ފުރުޞަތު ނުދިނުމަށްކަމަށެވެ. އަދި މިހިތާބުގައި އެގައުމުގެ ޤާނޫނު ހަދާ މަޖިލިސް ނިނުމަކަށް އައިސްފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މާލީގައި މަގުތަކަށް ނުކުމެ އެގައުމުގެ ރައްޔިތުން މުޒާހިރާކޮށް ހަމަނުޖެހުންތައް ހިންގަމުންދާތާ ގިނަދުވަސްތަކެއްވަނީ ވެފައެވެ. އެގޮތުން މިދިޔަ ޖޫން މަހުން ފެށިގެން ރައީސް އިސްތިޢުފާދިނުމަށް ގޮވާލައި އެ ޤައުމުގެ ރައްޔިތުންދަނީ މުޒާހަރާކުރަމުންނެވެ.

މާލީގެ ވެރިރަށް ބަމާކޯގެ އިންޑިޕެންޑެންސް ސްކެއާ އަށް އިދިކޮޅު ސަޕޯޓަރުން އެއްވެ، ދަނީ އުފާފާޅު ކުރަމުންނެވެ. އުފާފާޅު ކުރަމުންދާ މީހުން ގެންދަނީ ބަޣާވާތް ކުރި ސިފައިންނަށް އެމީހުންގެ ތާއިދު އޮތްކަން ހާމަކުރަމުންނެވެ.

މާލީގެ ސިފައިން ނިކުމެ ރައީސް އާއި ބޮޑުވަޒީރު ހައްޔަރު ކުރުމުން އދ.އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އދ.އިން ވަނީ މާލީގައި ޑިމޮކްރަޓިކް މުއައްސަސާތަކަށް މަސައްކަތް ކުރެވޭނެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލާފައެވެ.