މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ ބައެއް ސަރަހައްދުތައް މިރޭ އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ނިންމައިފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި، ޓްރެފިކް ފްލޯ ރަނގަޅުކުރުމަށާއި މަގުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކުރިއަށްގެންދާ މި އޮޕަރޭޝަނުގެ ދަށުން މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 އިން ފެށިގެން ދަރުބާރު 00:00 އާ ހަމައަށެވެ.
މި ފަސް ގަޑިއިރުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ބަންދުކުރާ ސީދާ މަގުތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
"މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިރޭ 20:00 އިން 00:00 އަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރުމަށް ހަމަޖެހިފައިވާވާހަކަ ދަންނަވަން" ފުލުހުން ބުނެފަވެއެވެ.
މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަސް ގަޑިއިރަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުވާނެކަމަށް ފުލުހުން ބުނެފައިވާއިރު، އިދިކޮޅު އެމްޑީޕީން މިރޭ ވަނީ އިހްތިޖާޖެއް ކުރަން ނިންމާފައެވެ. މި އިހްތިޖާޖަށް އެއްވުމަށް ގޮވާލާފައި ވަނީ މިރޭ 20:30 އަށް މާލޭ ރަސްފަންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!