ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ވޭޕްތަކެއް މިއަދު ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad
rt

މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އުމުރުން 34 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޗައިއޮން ވަނީ މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މި މީހާއަކީ އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރެވުނު މީހެކެވެ.

ފުލުހުން ގެންދަނީ ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް ވިއްކާ މިފަދަ ތަކެތި ހޯދުމަށް ސިލްސިލާ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ހިމެނޭ ބިދޭސީންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.