ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ސޯޝަލިސްޓް، ނިއުޔޯކް ސްޓޭޓް އެސެމްބްލީމެން ޒޮހްރާން މަމްދާނީ، މިހާތަނަށް ނެގުނު ހުރިހާ ޚިޔާލު ހޯދުމުގެ ޕޯލްތަކުން ކުރީގެ ގަވަރނަރ އެންޑްރޫ ކޫމޯ އަދި ޓޯކް ޝޯ ހޯސްޓް ކަރޓިސް ސްލީވާއަށްވުރެ ބޮޑުތަނުން ކުރީގައި ހުންނެވުމާއެކު އޭނާ މޭޔަރުކަމަށް އައުން ހުއްޓުވުމަށްޓަކައި އެމެރިކާގެ ބިލިއަނަރުން މިލިއަން ޑޮލަރު ހޭދަކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

ފޯބްސްގެ ދިރާސާއިން ދައްކާގޮތުގައި، ޖުމްލަ 26 ބިލިއަނަރުންނާއި، ބިލިއަން ޑޮލަރުގެ އާއިލާތަކުގެ މެންބަރުން މަމްދަނީއާ ދެކޮޅު ކެމްޕޭންތަކަށް 22 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްފައިވެއެވެ.

Ad
rt

"ބިލް އެކްމަން އަދި ރޮނަލްޑް ލޯޑަރ ފަދަ ބިލިއަނޭރުން މި ވާދައަށް މިލިއަންތަކެއް ޑޮލަރު ވަނީ ހޭދަކޮށްފައި، އެއީ އަހަރެމެން އެފަރާތްތަކަށް ނުރައްކާތެރި ބިރެއް ކަމަށް ބުނެ، އަހަރެން މިތާ ހުރީ އެއްޗެއް ޤަބޫލުކުރަން: އެމީހުން ބުނާ އެއްޗަކީ ތެދެއް." މިކަމާ ގުޅިގެން މަމްދަނީ، އޮކްޓޯބަރު 13 ވަނަ ދުވަހު ބޭއްވި ރެލީއެއްގައި ވިދާޅުވެފަވެއެވެ.

މި ފައިސާގެ ބޮޑުބައި ހޭދަކޮށްފައި ވަނީ ނިއުޔޯކް ސިޓީގެ ޓީވީ ޗެނަލްތަކާއި މެއިލްބޮކްސްތަކަށް މަމްދަނީއާ ދެކޮޅު މެސެޖުތައް ފޮނުވުމަށެވެ. މަމްދާނީއަކީ ޑިމޮކްރެޓިކް ސޯޝަލިސްޓެއް ކަމަށްވާތީ، މަތީ މަޤާމުތަކުގައި ތިބި ގިނަ ފަރާތްތަކުން އޭނާއާ ދުޝްމަންވެފައިވީ ނަމަވެސް، އޭނާ ދަނީ ކާމިޔާބީގެ މަގުގައެވެ. އަދި އޭނާ އަކީ މުސްލިމެއްކަމަށް ވުމަކީ ވެސް އޭނާ އާއި ދެކޮޅު ފަންޑު އިތުރުވެފައިވާ ކަމެކެވެ.

ފޯބްސްގެ ދިރާސާގައިވާ ފައިސާ ހޭދަކުރި ބިލިއަނޭރުންނާއި އެހީތެރިވި ޖަމާޢަތްތައް:

މައިކަލް ބްލޫމްބަރގް: ކުރީގެ ނިއުޔޯކް މޭޔަރ، މަމްދަނީ ޖޫން 24 ވަނަ ދުވަހު ޑިމޮކްރެޓިކް ޕްރައިމަރީ ކާމިޔާބުކުރުމުގެ ކުރިން، "ފިކްސް ދަ ސިޓީ، އިިންކް" ނަމަކަށް ކިޔާ ޖަމާޢަތަކަށް 8.3 މިލިއަން ޑޮލަރު ދީފައިވެއެވެ. (ނަމަވެސް ބްލޫމްބަރގް އާއި މަމްދާނީ ފަހުން ބައްދަލުކޮށް "އެކުވެރި" މަޝްވަރާއެއް ކޮށްފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.)

ޖޯސެފް ގެބިއާ: އެއަރބީއެންބީގެ އެއް ބާނީ ޖޯސެފް ގެބިއާ، ޑޮނަލްޑް ޓްރަމްޕްގެ "ޗީފް ޑިޒައިން އޮފިސަރ" ގެ މަޤާމުގައި ހުންނަވައި، "ފިކްސް ދަ ސިޓީ"، "ޑިފެންޑް އެންވައިސީ" އަދި "ޕުޓް އެންވައިސީ ފަސްޓް" އަށް 3 މިލިއަން ޑޮލަރު ދީފައިވެއެވެ. އޭނާވަނީ ކުއޯމޯއަށް ތާއީދުކޮށް، ސްލީވާ ވާދައިން ތަނާޒުލުވުމަށް ގޮވާލައި، އަދި މަމްދާނީއަށް "ޓެރަރިސްޓް" ކަމަށް ބުނެފައިވާ ޕޯސްޓެއް ރީޕޯސްޓްކޮށްފައެވެ.

ލޯޑަރ ޢާއިލާ: "އެސްޓީ ލޯޑަރ" ކޮސްމެޓިކްސްގެ ވާރިސުން، ވިލިއަމް، ގެރީ، ރޮނަލްޑް، ޖޯ ކެރޯލް އަދި ޖެކް ޒިންޓަރހޯފަރ ހިމެނޭހެން، "ފިކްސް ދަ ސިޓީ" އަދި "ސެންސިބަލް ސިޓީ" އަށް ޖުމްލަ 2.6 މިލިއަން ޑޮލަރު ދީފައިވެއެވެ.

ބިލް އެކްމަން: ހެޖް ފަންޑަރ އެކްމަން، "ފިކްސް ދަ ސިޓީ" އަދި "ޑިފެންޑް އެންވައިސީ" އަށް 1.75 މިލި މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. އޭނާވަނީ އެކްސްގައި ކުއޯމޯއަށް ތާއީދުކޮށް އަދި މަމްދަނީއާ ދެކޮޅު ބާރުތަކަށް ގޮވާލަމުން ގޮސްފައެވެ. އޭނާ ސްލީވާ ވާދައިން ތަނާޒުލުވެއްޖެނަމަ ޓައިމްސް ސްކުއެރގައި ރަން ބުދެއް ބަހައްޓާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޓިޝް ޢާއިލާ: "ލޯވްސް ކޯޕް" އަދި "ނިއުޔޯކް ޖަޔަންޓްސް" އާ ގުޅުންހުރި ޓިޝް ޢާއިލާއިން "ފިކްސް ދަ ސިޓީ" އަށް 1.2 މިލިއަން ޑޮލަރު ދީފައިވެއެވެ. އޭގެ ތެރޭގައި ޖޮނަތަން ޓިޝް، އެލިޒަބަތް ޓިޝް، ލޯރީ ޓިޝް، އެންޑްރޫ ޓިޝް، އެން ޓިޝް، އެލިސް ޓިޝް، އެބިގެއިލް ޓިޝް އަދި މޯޑް ޓިޝް ހިމެނެއެވެ. ޖެސިކާ ޓިޝް ނިއުޔޯކް ފުލުހުންގެ ކޮމިޝަނަރުގެ ގޮތުގައި ހުންނެވި ނަމަވެސް އޭނާ ވަނީ މަމްދާނީ އިންތިޚާބުވެއްޖެނަމަ އެ މަޤާމުގައި ބަހައްޓާނެކަމަށް ވައުދުވެފައެވެ.

ޖޯން ހެސް އަދި ޢާއިލާ: ތެޔޮ ވިޔަފާރިވެރިޔާ ޖޯން ހެސް އާއި އޭނާގެ އާއިލާއިން "ފިކްސް ދަ ސިޓީ" އަށް 1 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވެއެވެ.

ޑޭނިއަލް ލޯއެބް: ހެޖް ފަންޑް މެނޭޖަރ ޑޭނިއަލް ލޯއެބް، "ފިކްސް ދަ ސިޓީ"، "ނިއުޔޯކަރސް ފޯ އަ ބެޓަރ ފިއުޗަރ މޭޔަރ 25" އަދި "ޑިފެންޑް އެންވައިސީ" އަށް 775,000 ޑޮލަރު ދީފައިވެއެވެ.

ބެރީ ޑިލަރ: އޮންލައިން މީޑިއާ އާންޓަރޕްރިނަރ ބެރީ ޑިލަރ، "ފިކްސް ދަ ސިޓީ" އަށް 500,000 ޑޮލަރު ހަދިޔާކޮށްފައިވެއެވެ.

ސްޓީވް ވިން: ކެސިނޯ މަގްނޭޓް ސްޓީވް ވިން އޮކްޓޯބަރ މަހު "ފިކްސް ދަ ސިޓީ" އަށް 900,000 ޑޮލަރު ދީފައިވެއެވެ.

އިތުރު ފާހަގަކޮށްލެވޭ ހަދިޔާކުރުންތައް

މާސެލާ ގުއަރީނޯ ހައިމޯވިޓްޒް: ބިލިއަނޭރ ގްރެގް ހައިމޯވިޓްޒްގެ އަނބިކަނބަލުން، މާސެލާ ގުއަރީނޯ ހައިމޯވިޓްޒް، "ފިކްސް ދަ ސިޓީ" އަދި "ޕުޓް އެންވައިސީ ފަސްޓް" އަށް 400,000 ޑޮލަރު ދީފައިވެއެވެ. އޭނާވަނީ ކުއޯމޯއާއެކު އޮތް ދިގު މުއްދަތުގެ ގުޅުން ފާހަގަކޮށްފައެވެ.

ޑޭވިޑް ވަލެންޓާސް: ރިއަލް އެސްޓޭޓް ޑިވެލޮޕަރ ޑޭވިޑް ވަލެންޓާސް، "ފިކްސް ދަ ސިޓީ" އަދި "އެމްޕަވަރ އެންވައިސީ" އަށް 350,000 ޑޮލަރު ދީފައިވެއެވެ.

ރީޑް ހޭސްޓިންގްސް: ނެޓްފްލިކްސްގެ ބާނީ ރީޑް ހޭސްޓިންގްސް، "ފިކްސް ދަ ސިޓީ" އަށް 250,000 ޑޮލަރު ހަދިޔާކޮށްފައިވެއެވެ.

ޖޯން ފިޝް: ބިނާކުރުމުގެ ދާއިރާގެ ވިޔަފާރިވެރިޔާ ޖޯން ފިޝް، "ފިކްސް ދަ ސިޓީ" އަށް 250,000 ޑޮލަރު ދީފައިވެއެވެ.

ޑޭވިޑް ލިޗްޓެންސްޓެއިން: ރިއަލް އެސްޓޭޓް ވިޔަފާރިވެރިޔާ ޑޭވިޑް ލިޗްޓެންސްޓެއިން، "ފިކްސް ދަ ސިޓީ" އަދި "ނިއުޔޯކަރސް ފޯ އަ ބެޓަރ ފިއުޗަރ މޭޔަރ 25" އަށް 250,000 ,000 ޑޮލަރު ދީފައިވެއެވެ.

އެލިސް ވޯލްޓަން: ވޯލްމާޓްގެ ވާރިސެއް ކަމަށްވާ އެލިސް ވޯލްޓަން، "ފިކްސް ދަ ސިޓީ" އަށް 200,000 ޑޮލަރު ހަދިޔާކޮށްފައިވެއެވެ.

ޑެބޮރާ ސައިމަން: ސައިމަން ޢާއިލާގެ ޑެބޮރާ ސައިމަން، "ފިކްސް ދަ ސިޓީ" އަށް 200,000 ޑޮލަރު ހަދިޔާކޮށްފައިވެއެވެ.

ޖެރީ ސްޕެޔަރ: ރިއަލް އެސްޓޭޓްގެ ދާއިރާގެ ޖެރީ ސްޕެޔަރ، "ފިކްސް ދަ ސިޓީ" އަށް 150,000 ޑޮލަރު ދީފައިވެއެވެ.

ސްޓެފަނީ ކޯލްމަން: ބިލިއަނޭރ ޗޭސް ކޯލްމަން III ގެ އަނބިކަނބަލުން ސްޓެފަނީ ކޯލްމަން، "ފިކްސް ދަ ސިޓީ" އަށް 150,000 ޑޮލަރު ދީފައިވެއެވެ.

ޑަރސްޓް ޢާއިލާ: ރިއަލް އެސްޓޭޓް ވިޔަފާރީގެ ޑަރސްޓް ޢާއިލާއިން "ފިކްސް ދަ ސިޓީ" އަށް 110,000 ޑޮލަރު ދީފައިވެއެވެ.

ފިޝަރ ޢާއިލާ: ރިއަލް އެސްޓޭޓް ފަރމް ފިޝަރ ބްރަދާސް މެނޭޖްމަންޓްގެ ފިޝަރ ޢާއިލާއިން "ފިކްސް ދަ ސިޓީ" އަށް 110,000 ޑޮލަރު ދީފައިވެއެވެ.

ޑޭނިއަލް އޮޗް: ހެޖް ފަންޑް ވިޔަފާރިވެރިޔާ ޑޭނިއަލް އޮޗް، "ފިކްސް ދަ ސިޓީ" އަދި "ސެންސިބަލް ސިޓީ" އަށް 100,000 ޑޮލަރު ދީފައިވެއެވެ.

ކެން ލެންގޯން: އިންވެސްޓްމަންޓް ދާއިރާގެ ކެން ލެންގޯން، "ފިކްސް ދަ ސިޓީ" އަށް 100,000 ޑޮލަރު ދީފައިވެއެވެ.

ޖޭމްސް އަދި ކެތްރިން މަރޑޮކް: މަރޑޮކް ޢާއިލާގެ ޖޭމްސް އަދި ކެތްރިން މަރޑޮކް، "ފިކްސް ދަ ސިޓީ" އަށް 100,000 ޑޮލަރު ދީފައިވެއެވެ.

ބްރޫސް އަދި ސޫޒީ ކޮވްނަރ: ހެޖް ފަންޑް ވިޔަފާރިވެރިން ކަމަށްވާ ބްރޫސް އަދި ސޫޒީ ކޮވްނަރ، "ފިކްސް ދަ ސިޓީ" އަށް 100,000 ޑޮލަރު ދީފައިވެއެވެ.

ރިޗަޑް ކަރޓްޒް: ރިއަލް އެސްޓޭޓް ވިޔަފާރިވެރިޔާ ރިޗަޑް ކަރޓްޒް، "އެނީވަން ބަޓް މަމްދަނީ" އަށް 100,000 ޑޮލަރު ދީފައިވެއެވެ.

އެލްޣަނާޔަން ޢާއިލާ: ރިއަލް އެސްޓޭޓް ވިޔަފާރީގެ އެލްޣަނާޔަން ޢާއިލާއިން "ފިކްސް ދަ ސިޓީ" އަށް 100,000 ޑޮލަރު ދީފައިވެއެވެ.

މި ހުރިހާ ބިލިއަނަރުންގެ މައިގަނޑު މަޤްޞަދަކީ ޒޮހްރާން މަމްދަނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް އައުން ހުއްޓުވުމެވެ. އެހެންނަމަވެސް، މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މަމްދާނީއަކީ ނިއުޔޯކްގެ އާންމު ރައްޔިތުންގެ މެދުގައި ތާއީދު އިތުރުވަމުންދާ ކެންޑިޑޭޓެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަމްދާނީ އިންތިހާބު ނުކުރުމަށް ގޮވާލައްވައި އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެންޑްރޫ ކޫމޯއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ތާއީދުކުރަށްވާފައެވެ. އަދި މަމްދާނީ ހޮވިއްޖެނަމަ ނިޔޯކްސިޓީ އަށް ފަންޑު ހުއްޓުވާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ. މީގެ އިތުރުން ބިލިއަނަރު އިލޮން މަސްކް ވެސް ވަނީ ކޫމޯއަށް ތާއީދުކޮށްފައެވެ.