ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ހއ. އުލިގަމުގައި ޤާއިމްކޮށްފައިވާ "އުތުރު އައިއެސްޕީ ގޭޓު" ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަން އެއް ކުރިއަށް ގެންގޮސްފިިއެވެ.

މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެ ވުޒާރާގެ އިސްނެގުމާއެކު އައިއެސްޕީ ގޭޓުގައި މަސައްކަތްކުރާ ސެކިއުރިޓީ އޮފިސަރުންނަށާއި އެ ފެސިލިޓީގައި މަސައްކަތް ކުރާ ކަމާގުޅޭ މުވައްޒަފުންނަށެވެ.

Ad
rt

މިގޮތުން މި ސެޝަންގައި މުވައްޒަފުންނަށް ވަނީ އައިއެސްޕީ ކޯޑާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގުރާމެއް ކުރިޔަށް ގެންގޮސްފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު އުލިގަމުގައި ޤާއިމްކޮށްފައިވާ މި ފެސިލިޓީއަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކޮށް، އިގުތިސޯދަށް ދިރުން ގެނެސްދޭނެ އިތުރު ސިނާއަތެއްގެ ގޮތުގައި މެރިޓައިމް ދާއިރާ ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އުތުރުން ދަތުރު ކުރަމުންދާ، ބޭރުގެ ބޯޓު ފަހަރަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ފެސިލިޓީ އެކެވެ.

އެގޮތުން ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ސްޓްރެޓެޖިކް ލޮކޭޝަންގެ ފައިދާ ނަގައިގެން މެރިޓައިމް ޚިދުމަތްދޭ ޤައުމަކަށް ހަދައި އޭގެ ނަފާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.