ބަންކަރިން ޚިދުމަތުން އޭޕްރިލްގެ ނިޔަލަށް 923 މިލިއަން ރުފިޔާ ލިބިއްޖެ: ސައީދު
އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން އޭޕްރިލްމަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މި ސިނާއަތުން ލިބެމުންދާ ކުރިއެރުންތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި ޚިދުމަތުން 30 އޭޕްރިލް 20...