ބަންކަރިންގެ ޚިދުމަތަށް ޤާއިމްކުރި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވައިފި
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ބަންކަރިންގެ ޚިދުމަތް ދިނުމަށް ހއ. އުލިގަމުގައި ގާއިމުކޮށްފައިވާ ‘އުތުރު އައިއެސްޕީއެސް ގޭޓް’ މިރޭ ހުޅުވައިފިއެވެ. އުލިގަމުގައި މިކަމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން ހުޅުވައިދެއްވީ އެރަށުގެ ކުރީގެ މެޖިސްޓްރޭޓް އިދްރީސް އާދަމެވެ. މި ރަސްމިއްޔާތުގައި މި ޚިދުމަތްދޭ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި މި ޚިދުމަތުގެ އެއް ބައިވެރިޔާ މޯލްޑިވްސް ޕޯޓްސް ލިމ...