ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް މިއަދު ފަށައިފިއެވެ.
އުތުރުގެ އިހަވަންދިއްޕޮޅުގައި ފެށި މި މަޝްރޫޢު އިފްތިތާޙްކުރުން އޮތީ މިއަދު ހަވީރު ހއ. ހޯރަފުށީގައެވެ.
ހޯރަފުށީގައި ކުރިއަށްދާ ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ހއ. އަތޮޅަށް ނިސްބަތްވާ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ފަސް މަޖިލިސް މެންބަރުންނެވެ.
މި ޚިދުމަތް އިފްތިތާޙްކުރުމާއެކު މި ޚިދުމަތާއިގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ.
Officially launched bunkering services, it is expected to generate $400M annually, create 10,000+ jobs, and diversify the economy by supporting maritime traffic with fuel, repairs, and provisions.
Congratulations President @MMuizzu pic.twitter.com/chvqIk47cs
— Malsha (@malshasharyf) September 19, 2024
މި ރަސްމިއްޔާތުގައި އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު އާއި މި ޚިދުމަތްދޭ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި މި ޚިދުމަތުގެ އެއް ބައިވެރިޔާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހްގެ އިތުރުން މި ޚިދުމަތުގައި ޝާމިލްވާ އެކި އިދާރާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.
ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ވަނީ 2 ބޯޓު ރާއްޖެ ގެނެސްފައެވެ. މިއީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓެވެ.
ބަންކަރިންގެ ޚިދުމަތަށް ޤާއިމްކުރި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވައިފި
މި ޚިދުމަތް މިއަދު ފެށިއިރު، މިއަދު ވެސް މި ޚިދުމަތް ހޯދުމަށް ކަސްޓަމަރުން ލިބިފައިވާކަމަށް އެމްޕީއެލުން ކުރިން ވަނީ ބުނެފައެވެ.
ބަންކަރިން ޚިދުމަތް ދިނުމަށް މައި އޮފީސް ގޮތުގައި ހއ. އުލިގަމުގައި 'އުތުރު އައިއެސްޕީއެސް ގޭޓް' ރޭ ވަނީ ހުޅުވާފައެވެ. މި ތަނުގައި އެމްއެންޑީއެފް، އިމިގްރޭޝަން، ޕޯޓްހެލްތް އަދި ކަސްޓަމްސް އިން މަސައްކަތްކުރުމަށް ޖާގަ ކަނޑައަޅާފަވެއެވެ. މިތަން މެދުވެރިކޮށް 14 ޚިދުމަތެއް ފޯރުކޮށްދޭން އެމްޕީއެލުން ނިންމާފައިވާއިރު، 24 ގަޑިއިރުގެ ކޯލްސެންޓަރެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ހިންގުމަށް، ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިޤްތިޞާދީ ވުޒާރާއިން ސޮއިކުރީ 12 މެއި 2024 ގައެވެ.
އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖޭގައި ފެށި އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ނިންމެވިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވާފައި ވަނީ 24 ފެބްރުއަރީ 2024ގައި ހއ. ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެދުވަހު ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ ބޮޑު 5 ކުންފުނި ހިމަނައިގެން މި ސަރުކާރުން އަލަށް އުފެއްދި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނިން ހއ. އަތޮޅާއި، އެ ސަރަޙައްދުގައި ފަށާ މަޝްރޫޢު ވެގެންދާނީ، މި ރާއްޖޭގައި ފެށޭ އިޤްތިޞާދީ އެންމެބޮޑު މަޝްރޫޢަށް ކަމަށެވެ.
އުތުރުގައި ބަންކަރިން ޚިދުމަތްފެށުމަށް ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި
މޯލްޑިވްސް ޑިވެލޮޕްމަންޓް ފްރީ ޒޯން ނަމުގައި ފްރީޒޯނެއް ހިންގާނެ ކުންފުންޏެއް ރަޖިސްޓްރީކޮށް ސަރުކާރުން ވަނީ ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދިއްޕޮޅުގެ ކުރިމަތީގައި އޮތް އިންޑަސްޓްރިއަލް ފަޅު އެ ކުންފުނީގެ އެސެޓަށް ކޮންވާޓްކޮށްދީފައެވެ. އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ހޯރަފުށީ ފަޅުގައި ފަށާ މަސައްކަތް މި އަހަރުގެ ތެރޭގައި ބިން ހިއްކަން ފަށާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
އެއަށްފަހު 13 މާރިޗް 2024ގައި ސަރުކާރުން ވަނީ އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި، ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުއަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!