ނުކުޅެދުންތެރިކަން ހުންނަ 30 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަންފަށައިފި އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ އަޕާ ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުންނެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ 7:30 ހާއިރު ކަމަށެވެ.
މި ހާދިސާގައި ޖިންސީ އަނިޔާ ލިބިފައިވަނީ އުމުރުން 30 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށެވެ.
މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުލުހުން މިއަދު މިހެން ބުނެފައިވާއިރު ރޭގެ ވަގުތެއްގައި ށ އަތޮޅު ރަށެއްގައި ނުކުޅެދުން ތެރިކަން ހުންނަ ފަރާތަކަށް ޖިންސީ ފުރައްސާރަކޮށްގެން މީހަކު މަގުމަތިން ހިފަހައްޓައިގެބް އުޅޭ ވީޑިއޯއެއްވަނީ މީސްމީޑިޔާގައި ދައުރުވެފައެވެ. މިމައްސަލައިގެ އިތުރުން ފުލުހުން ރޭ ވަނީ ޖިންސީ އަނިޔާގެ ދެ މައްސަލައެއް މީޑިއާ އާއި ހިއްސާކޮށްފަ އެވެ.
މިފަހަކަށް އައިސް ޖިންސީ އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރުން ވަނީ އިތުރުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!