ފިނިން ސަލާމަތްވާނެ ގޮތެއްނެތި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިކަވެފައިވާ އެތައް މުސްލިމުންނަކަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ލޯންޗް ކޮށްފައިވާ ސާރވައިވިންގް ވިންޓާރ ކެމްޕެއިން ނިމެން 3 ދުވަހަށް ވެއްޖެއެވެ.
އެކެމްޕެއިން ލޯންޗް ކުރަމުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވެއެވެ.
" އެހީވެދެއްވާނަންތޯ؟ ފިނިމޫސުމުގެ ސަބަބުން އެތައް މިލިއަން މީހުންވަނީ ހާލުގައި ޖެހި އަޅާލާނެ ބަޔަކު ނެތި ބިކަވެފަ!
މިކަމަށްޓަކައި އައިއޭސީގެ "ސާރވައިވިންގް ވިންޓާރ" ޕްރޮޖެކްޓް ވަނީ ފެށިފައި އަދި ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު ﷲގެ ރަޙްމަތުން ވަނީ ހުޅުވާލެވިފައި"
އިތުރު ތަފްސީލް ދެއްވުމަށް އެ ޕޯސްޓާއެކު ވަނީ ލިންކްވެސް ހިއްސާކޮށްފައެވެ. އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ހޮޓްލައިން ނަމްބަރަކީ 9122121 އެވެ.
އައިއޭސީގެ ސާރވައިވިންގް ވިންޓާރ ޕްރޮޖެކްޓްގެ ދަށުން، މިކެމްޕެއިނުން ލިބޭ އެހީ ފޯރުކޮށް ދިނުމަށްވަނީ 4 ޤައުމެއް ކަނޑައަޅާފައެވެ. އެ ހަތަރު ޤައުމަކީ ފަލަސްޠީނާއި، ޔަމަން، މިޔަންމާގެ ރޯހިންގޔާ މުސްލިމުން އަދި ސީރިއާއެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އެ ކެމްޕެއިން 15 ކުރިއަށް ގެންދާނޯ ޖެނުއަރީ 2019 އާއި ހަމައަށެވެ.
ބާކީ އޮތް 3 ދުވަހު ހެޔޮގޮތުގައި ބޭނުން ހިއްޕަވަން އަވަސްވެ ގަންނާށެވެ. އެ ފަރުދަކަށް ދެވެން އޮތް މިންވަރެއް ދެއްވާށެވެ. ހެޔޮ އަމަލު ގެއްލި ނުދާނެއެވެ.
އައިއޭސީގެ ފަރާތުން 2019 ވަނަ އަހަރުވަނީ ކާމިޔާބު ކަމާއެކު މަސްދަޅު ހަދިޔާ ޕްރެޖެކްޓް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!