ދިރާސީ އާ އަހަރު ފަށާއިރު، ކޮންމެ ދުވަހެއްވެސް ފަތިސްނަމާދުން ފެށުމަށް އެންމެހާ ބެލެނިވެރިންނާއި، ދަރިވަރުން އަޒުމް ކަނޑައެޅުމަށް އަލްއުސްތާޛާ އަނާރާ ނައީމް ނަސޭހަތްތެެރިވެ ވަޑައިގެންފިއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލިސްގެ މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރުކަންވެސް ކުރައްވާފައިވާ، އަލްއުސްތާޛާ އަނާރާ ނައީމް އެހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

އަނާރާ އިތުރަށް ވިދާޅުވީ ފަތިސްނަމާދުން ދުވަސް ފަށާމީހާއަށް ﷲ ގެ ރައްކާތެރިކަން ލިބިގެން ވާނެ ކަމަށް ހަދީޘް ބަސްފުޅުގައި ވާކަމަށެވެ.

ދިވެހި ރާއްޖޭގެ ބާ ކައުންސިލްގެ މެންބަރުކަން ކުރައްވާ އަނާރާ ގެންދަވަނީ ޓުވީޓަރއާއި ފޭސްބުކް މެދުވެރިކުރައްވާ އަގު ހުރި ނަސޭހަތްތަކާއި، ދީނީ މައުލޫމާތު ފޯރުކޮށްދެއްވަމުންނެވެ.