ބިދޭސީންގެ ފޮރިން ލައިސަންސް ރާއްޖޭގެ އެއްގަމު ލައިސަންސްއަށް ބަދަލުކުރާ އުސޫލަށް ބަދަލު ގެނެސްފިއެވެ.
ޓްރާންސްޕޯރޓް އޮތޯރިޓީއިން ހާމަ ކުރައްވާފައިވަނީ ފޮރިން ލައިސަންސްއަށް ބިނާކޮށް އެއްގަމުގައި ދުއްވާ ދިވެހި ލައިސަންސް ހަދާދެވޭނީ އެ އޮތޯރިޓީންދޭ ޑްރައިވިންގ ލައިސަންސް ހަދާ ފާސްވުމުން ކަމަށެވެ.

މިގޮތަށް ބަދަލު ގެނެސް އަމަލު ކުރަން ފަށާފައިވަނީ 1 ޖެނުއަރީ 2020 ކަމަށް ޓްރާންސްޕޯރޓް އޮތޯރިޓީން ހާމަކުރައްވާފައި ވެއެވެ.
ޓްރާންސް ޕޯރޓް އޮތޯރިޓީން ގެންދަވަނީ އައު ސަރުކާރާއި އެކު ރައްޔިތުންގެ ރައްކާތެރި ކަމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!