މާލެ ސިޓީ ގައި ސައިކްލުތަކުގައި ސްޓިކާ ޖަހައިގެން ޖޫރިމަނާ ކުރާތީ ޝަކުވާ ބޮޑުވެ ސަރުކަރަށް ފާޑުކިއުން ގަދަ ވެފައިވާ ދަނޑިވަޅެއްގައި، 2019 އަހަރުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް 11 ޕާކިން ޒޯން ހަދާ ނިމި، ޢާންމުންނަށް ހުޅުވާލާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ބުނީ 11 ޕާކިން ޒޯން ހަދާފައިވާއިރު، އެ ތަންތަނުގައި އެއް ފަހަރާ 80 ނުވަތަ 400 އުޅަނދު ޕާކް ކުރެވޭނެ ކަމަށާއި މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ޙައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ.

Ad
rt

މިދުވަސް ވަރު މިމައްސަލަ ބޮޑު އާދަޔާއި ހިލާފަށް ފުލުހުން ސްޓިކަރ ޖަހާކަމަށްބުނެ ޝަކުވާ ކުރަމުންދިޔަ ފަރާތްތަކުން ވަނީ ސިޓީ ކަައުންސިލްއަށް ތަފާތު ގޮތް ގޮތައް ރައްދުދީފައެވެ. އެގޮތުން މީހަކު ބުނެފައިވަނީ މާލޭ މަގުމަތީގައި ޕާކުކުރަން ހުރި އެތައްތަނެއް ބަންދުކޮށްފައި ތިހުޅުވާ ތަންތަނުން އިތުރު ނުވާކަމަށެވެ.

އެއްބަޔަކު ބުނެފައިވަނީ ކޮންމެ މަހަކު އެތައްސަތޭކަ ސައިކަލެއް މާލޭ މަގުމައްޗަށް އިތުރުވަމުންދާއިރު ތިޔަ11 ތަން ބޭހަކަށްވެސް ނުވާނެކަމަށެވެ. ކޮންމެސް ވަރެއްގެ ކޮންޓުރޯލް ކުރުމެއް ގެންގުޅެން އެމީހާ ވަނީ ހިޔާލުދީފައެވެ.

ސިޓީ ކައުންސިލްގެ ޓްވީޓަކަށް ރައްދުދެއްވަމުން އިނގިރޭސިވިލާތުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ is ވިދާޅުވީ ވައިގެ ސާފުކަން އިތުރުކޮށް، ކާބަން ބޭރުވާ މިންވަރު ދަށްކުރުމަށާއި މާލެއަކީ މަސައްކަތް ކުރުމަށާއި ދިރިއުޅުމަށް އެކަށީގެންވާ ތަނަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތް އިތުރު ޕާާކިންގ ލޮޓްތަކުން ކާާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ޕާކްކުރާ ގިނަ އުޅަނދުތަކުގައި ސްޓިކަރ ޖަހާ މިންވަރު އިތުރުވެފައިވާއިރު، އެކަށީގެންވާ މިންވަރަށް މާލެ ސިޓީގައި ޕާކިން ޒޯން ނެތްކަމަށް ބުނެ ، ޢާންމުންގެ ގިނަ ފަރާތްތައްކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޕާކް ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވަޢުދުވެފައިވީ ނަމަވެސް، މިސަރުކާރުގައި މާގިނަ ދުވަހެއް ނުވެ އުޅަނދުތަކުގައި ސްޓިކަރ ޖަހާ މިންވަރު އިތުރުވެ ދައުލަތަށް ކޮންމެ މަހަކު އެތައް ލައްކައިން ދަނީ ފައިސާ ނަގަމުންނެވެ. އަދި އުޅަނދުތަކުގައި ސްޓިކަރ ޖަހަން ފެށީ ޕާކުކުރާނެ ޞަރަޙައްދުތައް ދެއްކުމަށްފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

މާލެ ސިޓީގައި އުޅަނދުތައް ތޮތްޖެހުން އިތުރުވެގެން ދާއިރު، ކޮންމެ އަހަރަކު ވެސް އަލަށް އުޅަނދުތައް އެތެރެކުރުމަށް ދަނީ ހުއްދަ ދެމުންނެވެ. އުޅަނދުތައް އިތުރުކުރުން ކޮންޓްރޯލް ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް މާބޮޑު މަސައްކަތެއް ކޮށްފައި ނުވާކަމަށް ބުނެ ދަނީ ޝަކުވާ ކުރަމުންނެވެ.

ރާއްޖޭގެ އުފަލާ އަރާމަކީ، އާދެ! ސްޓިކާ ޖެހުމޭ ވާނަސީބަކީ..
ޖާނަމާލޭބިމުން ވާރޯއްޖަކީ،
ވާމިރާއްޖޭގާ ޓްރެފިކް ޕޮލިހުންނޭ ރޫހަކީ.. .😔

ރޭގައި މީހަކު ފޭސްބުކްގައި ޖެހި ޕޯސްޓެއް ވައިރަލްވެ ވަރަށްގިނަ ބަޔެއްގެ ޓައިމްލައިން އިން ބަސްކޮޅު ފެންނަލެއް ގިނަވުމަކީ މިކަމަށް ހުރި ޝަކުވާތަކުގެ ބޮޑުކަން އިޙްސާސްކޮށްލެވޭ ކަމެކެވެ.