ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި، އަބްދުﷲ ޝަރީފް މިއަދު އެ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެންމެ ފުރަމަ ކަސްޓަމްސްގެ ވެރިއަކަށް ހަމަޖެއްސެވީ އަހްމަދު ނުއުމާނެވެ. ޝަރީފް ކަސްޓަމްސްގެ ވެރިއަކަށް ހަމަޖެއްސީ 8 އޭޕްރީލް 2020 ގައި ނުއުމާން އަވަހާރަވުމުން އެ އަހަރުގެ މާރިޗް 31 ވަނަ ދުވަހުއެވެ.
ކަސްޓަމްސްގައި 28 އަހަރު ޚިދުމަތްކުރެއްވި ޝަރީފް އެތަނުގެ ވެރިއަކަށް ވަޑައިގެންނެވުމުގެ ކުރީން ހުންނެވީ އެތަނުގެ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލް އަކަށެވެ.
އަޅުގަނޑު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ގެ މަގާމުން ޝަރަފުވެރިކަމާއި އެކު މިއަދު ރިޓެއަރ މިކުރީ @CustomsMv
ގެ މުވައްޒަފުންނަށާއި ކަސްޓަމްސްގެ ކުރިއެރުމަށް ރަގަލު ކާމިޔާބު މަސައްކަތް ތަކެއް ކޮށްދެވުމުގެ އުފާ އިހުސާސް ކުރަމުންނެވެ.@ibusolih ޝުކުރިއްޔާ ރައީސް@MariyaDidi pic.twitter.com/lir9tpm08n— Abdulla Shareef (@AbdullaSh4reef) November 6, 2023
ޝަރީފް ރިޓަޔާކުރެއްވުމުން ކަސްޓަމްސްއިން ވަނީ ސްޓްމަސްގެ ހިދުމަތްތަށް ޒަމާނީކޮށް، ފެންވަރު ރަނގަޅު ކުރުމަށް ޝަރީފްގެ ސީޖީކަމުގައި ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ.
ރިޓަޔާކުރެއްވުމަށްފަހު، ޝަރީފް ''އެކްސް''ގައި ލިޔުއްވާފައިވާ ގޮތުގައި އޭނާ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ގެ މަގާމުން ޝަރަފުވެރިކަމާއި އެކު ރިޓަޔާކޮށްފައި ވަނީ ކަސްޓަމްސްގެ މުވައްޒަފުންނަށާއި ކަސްޓަމްސްގެ ކުރިއެރުމަށް ރަނގަޅު ކާމިޔާބު މަސައްކަތް ތަކެއް ކޮށްދެވުމުގެ އުފާ އިހުސާސް ކުރަމުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!