ފިއްލަދޫ ކައުންސިލްކަޕް 2022 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފިއްލަދޫ ކައުންސިލުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ މި މުބާރާތުގެ މަޤްޞަދަކީ ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުން ކަމުގައެވެ.
ފިއްލަދޫ ކައުންސިލްކަޕް 2022ގެ ނަމުގައި ފިރިހެނުންނަށް ޚާއްޞަ ކޮށްގެން ފުޓްބޯޅަ މުބާރާތެއް ބާއްވާއިރު، އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވަނީ ހޭންޑްބޯޅަ މުބާރާތެކެވެ.
ފުޓްބޯޅަ މުބާރާތް ފަށަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. ހޭންޑްބޯޅަ މުބާރާތް ފަށާނީ އެމަހުގެ 27 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ޢާއްމުކޮށް ހުޅުވާލެވިފައި ވާއިރު، ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 15 ޖޫން 2022 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ކަމުގައި ފިއްލަދޫ ކައުންސިލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!