ބްރެޒިލް އިން ރާއްޖެ އައި އެމެރިކާގެ ރައްޔިތެއްގެ އަތުން 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ވިދާޅުވީ، ބްރެޒިލް އިން ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަންފައިވާ ކަމަށެވެ.

Ad
rt

ކަސްޓަމްސްއިން މައުލޫމާތު ދެއްވިގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި އެމެރިކާގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.064 ކިލޯ ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގު 10,000,000.00 (ދިހަ މިލިއަން) ރުފިޔާއަށް އަރައެވެ.

މި މައްސަލާގައި ހިމެނޭ މީހާ އާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަަމަށްވެސް ކަސްޓަމްސްއިން ހާމަކުރަށްވަ އެެވެ.