ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އާ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅި ހުޅައެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމަކަށް ނ. ވެލިދޫ ޒުވާނެއްކަމުގައިވާ އަޙްމަދު ޙާލިދުގެ ހުށައެޅުން ހޮވިއްޖެ އެވެ.

ކޭއާރުއެޗުން ބުނީ މިއީ ހޮސްޕިޓަލު އުފެއްދައި ބޭނުން ކުރަން ފެށި ލޯގޯ ބަދަލު ކުރި ފުރަތަމަ ފަހަރު ކަމަށާއި އާލޯ އެއް ފަރުމާކުރުމަށް ހުޅިވާލީ ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުމާއި މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ.

Ad
rt

އާ ލޯގޯއިން ބުނެދޭ މެސެޖާއި އެއްގޮތަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ހޮސްޕިޓަލުން ފޯރުކޮށްދިނުމަކީ އެހޮސްޕިޓަލުގެ އަމާޒެއްކަމުގައި ބުނެފައި ވެއެވެ.

It is with profound gratification that we divulge our brand new logo. It has been a tremendous journey since we became...

Posted by Kulhudhuffushi Regional Hospital on Saturday, April 9, 2022

ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ލޯގޯ ހުށަހެޅި ފަރާތަކަށް 10000.00 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.