ނ. މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ ޝިޕްމަންޓް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި މިހާރު ކުރިއަށްދަނީ ޖެޓީގެ ފޫޓިންނާއި ކޮލަމް ކާސްޓިންގް މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 29،038 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ބޭރުތޮށި ލުމާއި، 188 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތުގެ އިތުރުން، ރޭމްޕެއް ހެދުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.