ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް،މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ހިއްކިފައިވާ ސަރަހައްދުގެ ބިން އެއްވަރު ކުރުމާއި ކޮންނަންޖެހޭ ސަރައްހައްދު ކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.
ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ދަނީ ކުރެވެމުން. އެގޮތުން މިހާރު ހިއްކިފައިވާ ސަރަހައްދުގެ ބިން އެއްވަރު ކުރުމާއި، އަދި ކޮންނަންޖެހޭ ސަރައްހައްދު ކޮނުމުގެ މަސައްކަތް ދަނީ ކުރެވެމުން. #MTCCProjects #RayyithungeKunfuni pic.twitter.com/cs0U62I56B
— MTCC Plc (@MTCCPlc) March 6, 2022
މިއީ 18.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!