ކުޅުދުއްފުށި ސިޓީގެ ހުޅަނގު ފަރާތު އަތިރިމަތީ ސަރަހައްދުގައި ފިނި މައިޒާންއެއް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާންކޮށްފިއެވެ.

އެކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކުޅުދުއްފުށީ ހުޅަނގު ފަރާތު އަތިރިމަތީ ސަރަހައްދުގައި ފިނި މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަަމަށާއި މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ފެށޭ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް އެދިލައްވާ ކަމަށެވެ.

Ad
rt

އެގޮތުން އެއިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް https://forms.office.com/r/2zW3FTDs2g މިލިންކް މެދުވެރިކޮށް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމު ހުށައަޅައިގެންވެސް އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުން އޮންނާނީ 02 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:15 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީހިސާބު ހުށައެޅުމަށް ހަމޖެހިފައިވަނީ 09 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:15 އަށެވެ.

ބީލަން ހުށަހަޅާ ބީލަންވެރިން މީރާގެ ޓެކްސް ކްލިރިއަންސް ރިޕޯޓް އަދި -/750 (ހަތްސަތޭކަ ފަންސާސް) ދިވެހި ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ފައިނޭންސިއަލް އިންސްޓިޓިއުސަންއަކުން މިހާރުން ފެށިގެން ހޯދުމަށް ސަމާލުކަން ދިނުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި ބީލަމުގައި އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.