އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ 24 ގަޑިއިރުގެ ތެރޭގައި 374 މީހަކު ކޮވިޑް ބަލީގައި މަރުވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެއާއި ހަމައަށް 6،650 މީހުން ކޮވިޑަށް ޕޮޒިޓިވްވެ އޮމިކްރޯންއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދުވެސް ކުއްލިއަކަށް އިތުރުވެ އަދަދު 360 އަށް އަރާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.
އޮމިކްރޯންއަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ ނިސްބަތް އިތުރުވެފައިވަނީ އެގައުމުގެ އެންމެ ބޮޑު ދެ ސްޓޭޓްކަމަށްވާ މަހާރާސްޓްރާއިން 88 ކޭސް، ދިއްލީއިން 67 ކޭސްއެވެ. ޓެމިލްނާޑޫއިން މިހާތަނަށް 34 ކޭސް އަދި ކަރްނާޓަކާއިން 31 ކޭސް ވަނީ ފެނިފައެވެ.
މީގް އިތުރުން މަދްޔަ ޕްރަދޭޝްގައިވަނީ ކޮވިޑް އިން ރައްކާތެރިވުމަށް ނައިޓް ކާފިއުއެއް ރޭގަނޑު 11 އިން ފަތިހު 5 އާއި ހަމައަށް ފަށާފައެވެ.
ކޮރޯނާވައިރަސްގެ ތިން ވަނަ ރާޅުގެ ގޮތުގައި ބެލެވޭ އޮމިކްރޯން ހަލުވިކަމާއި އެކު ފެތުރެންފަށަފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ވެކްސިން ޖެހުމަށް ޞިއްޙީ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!