އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ކަނޑިތީމު ދާއިރާގެ ރައީސްކަމަށް އަމީން ފައިޞަލް އިންތިހާބު ވެއްޖެ އެވެ.

ދާއިރާގެ ރައީސް ކަމަށް އަމީން ފައިސަލް އާއި ވާދަކުރެއްވީ ވާސިޢު އިމްދާދު އެވެ. އަމީން އަށް 544 ވޯޓް ލިބިފައިވާއިރު ވާސިޢުއަށް ލިބުނީ 223 ވޯޓެވެ.

Ad
rt

ދާއިރާގެ ނައިބު ރައީސްކަމަށް 2 ބޭފުޅަކު ވާދަކުރެއްވި އެވެ. އަހުމަދު ސުނީލް އަައި ވާދަކޮށް ކާމިޔާބު ކުރެއްވީ ޙުސައިން ނިހާދު އެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.