ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ނުނިމިގެން އުޅޭނީ ތިން ގެއެއްގެ މައްސަލަ ކޯޓު މަރުހަލާގައި އޮތުމުން ކަމަށް އެމްޓިސީސި އިން ބުނެފިއެވެ.

އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވަމުން އެމްޓީސީސީ އިން ބުނީ އެއަރޕޯޓުގެ މަސައްކަތް ނުނިމިގެން އުޅެނީ ފެންސް ޖެހުމުގެ މަސައްކަތުގެ ތެރެއިން، ފެންސުތަށް އެ ސަރަހައްދުގައި ހުރި އާންމުންގެ ތިން ގެއަކަށް އަރާތީ އެ ގެތަކުގެ މައްސަލައިގެ ކޯޓު މަރުހަލާ ނުނިމޭތީ ކަމުގައެވެ.

Ad
rt

ފެންސް ޖެހުމާއި ގެތަށް ތަޅާލުމަކީ ދެ މަސައްކަތް އެކަތި އަނެކައްޗާ ގުޅިގެން އަންނަ ޕްރޮޖެކްޓެއްކަން ފާހަގަކޮށް، އެއަރޕޯޓުގެ މަސައްކަތް ނުނިމި ލަސްވަނީ، ގެތަކުގެ މައްސަލަ ނުނިމި ކޯޓު މަރުހަލާގައި އުޅޭތީ ފެންސް ވޯލް އެއްކޮށް ނުނިންމިގެން ކަމަށް ޕްރޮޖެކްޓް މެނޭޖަރ ވިދާޅުވިއެވެ.