ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (ސައްލެ)، އެދާއިރާގައި ހިމެނޭ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ކޮންމެ ރަށެއްގައިވެސް ވަކި ވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި، ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް، މެންބަރު ވަނީ އޮޅުންފިލުއްވާފައެވެ. ހަމައެހެންމެ، ދާއިރާގެ ރަށްރަށުގެ މުއައްސަސާތަކުގެ ވެރިންނާވެސް، މެންބަރު ސަލީމް ވަނީ ބައްދަލުކުރައްވާފައެވެ.

Ad
rt

މި ހަފްތާގެ ތެރޭގައި މި ބައްދަލުވުންތައް ކުރިއަށް ގެންދަވާފައިވާއިރު، ހޯރަފުށީ ދާއިރާގައި ހިމެނޭ ރަށްތަކަކީ އެންމެ އުތުރުން އޮންނަ ތުރާކުނު، އުލިގަމު އަދި ހޯރަފުއްޓެވެ.

މި ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްވަރުކަމަށްވާއިރު، ބައެއް މެންބަރުން ގެންދަވަނީ ދާއިރާއަށް ވަޑައިގެން، މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ. މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބުނު ފުރަތަމަ ޗުއްޓީއެވެ.