ޓޫރިޒަމް ދާއިރާގެ ޖޮބްފެއާ ފަރުކޮޅު ފުށީގައި އިއްޔެ ފެށިއިރު ސްކޯލަޝިޕްގެ 11 ފުރުސަތާއި 100 އަށްވުރެ ގިނަ އިންޓާންޝިޕް ފުރުސަތު އޮންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އިއްޔެ ފަރުކޮޅުފުށީގައި ފެށި މި ޖޮބްފެއާ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާއިރު ސްކޯލާޝިޕްތަކާއި އިންޓާންޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޓޫރިޒަމް ދާއިރާގެ 67 ރިސޯޓް ބައިވެރިކޮށްގެން ފެށި މި ފެއަރގައި ފެއާގައި ދިވެހިންނަށް ހާއްސަކޮށްގެން 500 އަށްވުރެ ގިން ވަޒީފާ ވަނީ ހުޅުވާލައިފަ އެވެ.
މި ފެއާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މާލޭގެ 2 ނަންބަރު ޖެޓީން ކޮންމެ 30 މިނެޓަކުން ޓްރާންސްފާ ހަމަޖެހިފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އަހަރު ފަށާ މި ފެއާގައި ދިވެހިންނަށް ހާއްސަ ވަޒީފާތައް ހުޅުވާލާފައިވާއިރު ވީހާވެސް ގިނަ ޒުވާނުން ފެއާގައި ބައިވެރިވުމަށް އެދޭ ކަމަށެވެ. އަދި މި ފެއާ މީގެ ފަހުން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ޖޮބް ފެއާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!