މިހާރު ކުރިއަށްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގައި ރޭ ވައިކަރަދޫ އިންސްޕިރޭޝަން ފޮރ އެންވަޔަރމަންޓް އެންޑް ސްޕޯރޓްސް ޓީމާއި ޓީމު ފިނޭ ބައްދަލުކުރި މެޗު ސީދާ ތިންސެޓުން މޮޅުވެ ޓީމު ފިނޭ ކާމިޔާބުކޮށްފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގައި ރޭ ކުޅެވުނު މިމެޗުގެ ފުރަތަމަ ސެޓު ޓީމުފިނޭ ކާމިޔާބުކުރީ 25-18 ޕޮއިންޓުންނެވެ. ދެވަނަ ސެޓު ކާމިޔާބުކުރީ 25-22 ޕޮއިންޓުންނެވެ. 3 ވަނަ ސެޓު ކާމިޔާބުކުރީ 25-23 ޕޮއިންޓުންނެވެ.

Ad
rt

މިމެޗްގެ މޭން އޮފްދަ މެޗްގެ މަޤާމަށް ހޮވުނީ ޓީމު ފިނޭގެ ޖާރޒީ ނަމްބަރު 14، މުޙައްމަދު ޝަކީބެވެ.

ހދ. އަތޮޅު ކައުންސިލުން މިމުބާރާތް ކުރިއަށް ގެންދަނީ ކުޅުދުއްފުށީގެ ޑަބްލިޔު ސްޕޯޓްސް އެކެޑަމީއާ ހަވާލުކޮށްގެންނެވެ.