ޔާސިރު ޢަބްދުއްލަޠީފް ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.

ޔާސިރު ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރުން އޮތީ ރޭ ހދ އޭއީސީ ގައެވެ. މިބައްދަލުކުރެއްވުމުގައި ހދ. އަތޮޅުކައުންސިލްގެ ރައީސް އަދި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަދި ގިނައަދަދެއްގެ ޒުވާނުންނާއި ރައްޔިތުން ބައިވެރިވިކަން ފާހަގަކޮށްލެވެ.

Ad
rt

މިބައްދަލުވުމުގައި ޔާސިރުގެ ވާހަކަފުޅަށްފަހު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝުއޫރު ފާޅުކުރެއްވުމާއި މެންބަރާއި ސުވާލުކުރެއްވުމުގެ ފުރުޝަތުވަނީ ހުޅުވާލާފައެވެ. އަދި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ވަކިވަކި ފަރުދުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވާފައިވެއެވެ.

މިބައްދަލުވުމުގައި ކުޅުދުއްފުށީގެ ފެނާއި ނަރުދަމާގެ މައްސަލަތަކާއި ގުޅުންހުރި ގިނަވާހަކަ ތަކަކަށް އަލިއަޅުވާލާފައިވެއެވެ.

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު މިބައްދަލުވުމުގައި ބައިވެރިވެފައިނުވާކަން ފާހަގަކޮށްލެވެ. ޔާސިރަކީ ކުޅުދުއްފުށި އުތުރު ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެންބަރެކެވެ.