އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް، އިންޓަނެޓްގެ ވަރަށް ހާއްސަ ހަތަރު އޮފާއެއް ތައާރަފްކޮށްފި އެވެ.

އުރީދޫ އިން ބުނީ ޕްރީޕެއިޑް އަދި މިކްސް ކަސްޓަމަރުންނަށް އަލަށް ތައާރަފްކުރެވިފައިވާ ވޮއިސް ޕެކްގެ އިތުރުން އަންލިމިޓެޑް ކޯލްސް، އިތުރު ލޯކަލް މިނެޓް އަދި އިތުރު ޑޭޓާ އެލަވެންސް ހިމެނޭ ކޮމްބޯ ޕެކް މިހާރު ބޭނުންކުރެވޭނެ ކަމަށެވެ.

Ad
rt

"އަންލިމިޓެޑް ވޮއިސް ޕެކް"ގެ ދަށުން 15 ރުފިޔާ އަށް 24 ގަޑިއިރު ބޭނުންކުރެވޭ އެޑްއޮން، 75 ރުފިޔާ އަށް ހަފްތާއެއްގެ މުއްދަތަށް ބޭނުންކުރެވޭ އެޑްއޮން އަދި 200 ރުފިޔާ އަށް މުޅި މަހު ބޭނުންކުރެވޭ އެޑްއޮންއެއް ލިބެ އެވެ. *929*3# އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭ މި ޕެކް މެދުވެރިކޮށް، އުރީދޫ ނަމްބަރުތަކަށް އެއްވެސް ލިމިޓެއް ނެތި ގުޅޭނެ އެވެ.

"ލޯކަލް މިނެޓްސް ޕެކްސް"ގެ ދަށުން 15 ރުފިޔާ އަށް 24 ގަޑިއިރު ބޭނުންކުރެވޭ 30 މިނިޓް، 75 ރުފިޔާ އަށް ހަފްތާއެއްގެ މުއްދަތަށް ބޭނުންކުރެވޭ 150 މިނިޓް އަދި 250 ރުފިޔާ އަށް މުޅި މަހު ބޭނުންކުރެވޭ 500 މިނިޓް ލިބެ އެވެ. *929*3# އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭ މި ޕެކް މެދުވެރިކޮށް، އުރީދޫ އަދި ރާއްޖޭގެ އެހެނިހެން ނަމްބަރުތަކަށް ގުޅުމަށް ބޭނުންކުރެވޭނެ އެވެ.

"ކޮމްބޯ ޕެކްސް"ގެ ދަށުން 30 ރުފިޔާ އަށް 24 ގަޑިއިރު ބޭނުންކުރެވޭ 250 މިނެޓް (އުރީދޫ ނަންބަރުތަކަށް ގުޅުމަށް) އާއި 250 އެމްބީ ލިބޭނެ އެވެ. އަދި 150 ރުފިޔާ އަށް ހަފްތާއެއްގެ މުއްދަތަށް ބޭނުންކުރެވޭ 500 މިނެޓް (އުރީދޫ ނަންބަރުތަކަށް ގުޅުމަށް) އާއި 500 އެމްބީ ލިބެ އެވެ. *929*3# އަށް ގުޅައިގެން މި ޕެކް ވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.

މީގެ އިތުރުން، އުރީދޫ އިން ވަނީ "ހެޕީ އަވާ" ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނަލް އޮފާއެއް ކަސްޓަމަރުންނަށް ހުޅުވާލާފަ އެވެ. ކޮންމެ ދުވަހަކު ފަތިހު 5:00 އިން ހަވީރު 5:00 އަށް އުރީދޫ ނަމްބަރުތަކަށް އެއްވެސް ލިމިޓެއް ނެތި ގުޅުމުގެ އިތުރުން، އެއް ޖީބީ ޑޭޓާ މި ޕްރޮމޯޝަންގެ ދަށުން ހަމަ އެންމެ 20 ރުފިޔާ އަށް ލިބިގެންދާނެ އެވެ. *929*1*1# އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭ މި މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.