ރާއްޖެއިން ލަންކާއަށް ޓޫރިސްޓް ވިސާގައި ދާ މީހުން އަތުން އޮންއެރައިވަލް ވިސާ ފީގެ ގޮތުގައި 25 ޑޮލަރު ނަގަން އެ ގައުމުން ފަށައިފިއެވެ.

ލަންކާގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން ސާކު ގައުމުތަކުން 30 ދުވަހުގެ އޮންއެރައިވަލް ވިސާއަކަށް 25 ޑޮލަރުގެ ފީއެއްނަގާނެއެވެ. އޮންލައިންކޮށް ވިސާ ނަގާ ނަމަ ދައްކަން ޖެހޭނީ 20 ޑޮލަރެވެ.

Ad
rt

މީގެ ކުރިން ދިވެހިންނަށް ހިލޭ ޓޫރިސްޓު ވިސާ ލިބެއެވެ.

މިގޮތަށް ބަދަލު ގެނަޔަސް، 30 ދުވަހުގެ ވިސާ ހަމަވެ، އެ މުއްދަތު 90 ދުވަހަށް އިތުރު ކުރިޔަސް އިތުރު ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

ވިސާ ފީތަކަށް ގެނައި ބަދަލާ އެކު ސްޓޫޑެންޓް ވިސާ އާއި މެޑިކަލް ވިސާ އަދި އެމްޕްލޯއިމަންޓް ވިސާގައި ލަންކާ އަށް ދާ މީހުންގެ އަތުން އަހަރަކަށް ނުވަތަ އެ ގައުމުގައިހުންނަ މުއްދަތަކަށް 200 ޑޮލަރުގެ ފީއެއް ނަގާނެއެވެ.

މީގެ އިތުރުން ވިސާގެ މުއްދަތު ހަމަވެ، ވިސާ އާނުކޮށް، ނުވަތަ ވިސާ ނެތި އެ ގައުމުގައި އުޅޭ މީހުން 500 ޑޮލަރުގެ ޖޫރިމަނާއެއް ކުރަން ވެސް އެ ގަވާއިދުގައި ވަނީހިމަނައިފަ އެވެ. މިއީ ވިސާ ފީގެ އިތުރުން ދައްކަން ޖެހޭ ޖޫރިމަނާއެކެވެ.