ފުޓްބޯޅަ އެސޯސީއޭޝަން އޮފް މޯލްޑިވްސް އިން މާލޭގައި ބޭސިކް ފުޓްބޯޅަ ރެފްރީސް ކޯހެއް ހިންގަން ތައްޔާރުވެއްޖެއެވެ.

އެފްއޭއެމްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ17 އިން26 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ، ފުޓްބޯޅަ ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމަށް އެދޭ އަންހެން އަދި ފިރިހެން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.

Ad
rt

އެފްއޭއެމްއިން ބުނީ ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އޮންލައިންކޮށް އަންނަ މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ ކުރިން ފުރިހަމަ ކުރެވޭނެ ކަމަށެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް މި ލިންކް އިން އޮންލައިންކޮށް ފުރިހަމަ ކުރެވޭނެއެވެ.

ކޯހުގައި ބައިވެރިން ނެގުމަށް ބަލާ ޝަރުތުތަކުގެ ތެރޭގައި އިނގިރޭސި ބަހުން ރަގަޅަށް ލިޔަން އަދި ވާހަކަ ދައްކަން އެނގުމާއި އުމުރު 16 އަހަރާ 25 އަހަރާއި ދެމެދުގައި ހުރުންމާއި ޕޮލިސް ރިޕޯޓު ފުރިހަމަކުރުން އަދި ގްރޭޑް ހަތަކުން ފާސްވެފައި ވުން ހިމެނެއެވެ.

މި ކޯހުގައި ބައިވެރިވާ ބައިވެރިންގެ ތެރެއިން، ކޯހަށް ހޮވޭ ފަރާތްތަކުން 1500 (ފަނަރަ ސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްއިން ބުނެއެވެ.