މަޝްހޫރު ހިޓްމޭން ސީރީޒްގެ ގޭމް "ހިޓްމޭން 2" ގެ އާ ލޮކޭޝަންގައި ރާއްޖޭގެ ރިސޯޓެއް ހިމަނައިފިއެވެ.
ގޭމްގައި ރާއްޖޭގެ ރިސޯޓު ހިމަނާފައިވާ ލޮކޭޝަން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޑައުންލޯޑްކުރެވޭނެއެވެ. މި ރިސޯޓަކީ ފިކްޝަނަލް ރިސޯޓެކެވެ. މާނަ އަކީ އެ ރިސޯޓަކީ އަސްލު ރާއްޖޭގައި އޮންނަ ރިސޯޓެއް ނޫނެވެ. އެމީހުން ރިސޯޓަށް ދީފައި އޮތް ނަމަކީ "ހޭވެން އައިލެންޑް" އެވެ.
މި އާ ލޮކޭޝަންގެ މިޝަން ފަށާނީ މިދިޔަ ޖޫން މަހުގައި އެ މީހުންގެ ކުރީގެ މިޝަން ނިންމާލި، ނިއު ޔޯކްގެ ބޭންކާ ހިސާބުންނެވެ. މީގައި އުޅެނީ އޭޖެންޓް 47 ގެ މިފަހަރުގެ ޓާގެޓަކީ ސީދާ ކާކު ކަމެއް އަދި ނޭނގެ އެވެ. އޭނާ މި ރިސޯޓަށް އަންނަނީ އަސްލު އޮޅުވާލައިގެން ގެސްޓެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ރިސޯޓެއްގެ ހުރިހާ ހިދުމަތްތަކެއް ވެސް މި މީހުންނަށް ލިބޭނެ އެވެ
ފާސަނަލް ކޮމްޕިއުޓާ، އެކްސްބޮކްސް ވަން އަދި ޕީއެސް4 ބޭނުންކޮށްގެން މި ގޭމް ކުޅެވޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!