ކުރިނބީން ގޯތި ދޫކުރުން މަޑުޖައްސާލުމަށް ކަމާބެހޭ ފަރާތްތަކުން އެންގީ އެއްވެސް ގަވާއިދާ ހިލާފު ކަމެއް ހިނގައިގެނެއް ނޫން ކަމަށް އެެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް ވިދާޅުވެއްޖެއެވެ.

އަފްރާހް ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ހިނގަފައިނުވާއިރު ކުރިނބީން ގޯތި ދޫކުރުން ހުއްޓުވިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

Ad
rt

ހައުސިން މިނިސްޓްރީން ކުރިނބީ ކައުންސިލްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކުރިނބީން މިހާރު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ 31 ގޯތި ދޫކުރުމާ ގުޅޭގޮތުން އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ޝަކުވާތަކެއް ބަލަމުންދާތީ، އެ މިނިސްޓްރީން ވަކި ގޮތެއް އަންގަވަންދެން ގޯތި ދޫކުރުން މަޑު ޖައްސާލުމަށް އަންގާފައި ވެއެވެ.

ކުރިނބީގެ އިތުރުން ބ. އޭދަފުށިން ގޯތިދޫކުރުން އިއުލާނުކުރިތާ 30 ގަޑިއިރު ފަހުން ހައުސިން މިނިސްޓްރީގެ އެންގެވުމަށް ވަނީ ބާތިލު ކޮށްފައެވެ.